މިލާނާއި އިންޓަރ ބައްދަލުކުރި ޑާބީ މެޗު އެއްވަރު

މިލާނާއި އިންޓަރ ބައްދަލުކުރި ޑާބީ މެޗު އެއްވަރު

އިޓާލިއަން ލީގުގައި އޭސީ މިލާނާއި އިންޓަރ މިލާން ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު މިލާން އޮތީ 12 މެޗުން ލިބުނު 32 ޕޮއިންޓާއެކު 2 ވަނައިގައެވެ. އަދި 1 ވަނައިގައި އޮތް ނަޕޯލީއަށްވެސް ލިބެނީ 32 ޕޮއިންޓެއެވެ. އެޓީމު ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އިންޓަރ މިލާން އޮތީ 12 މެޗުން ލިބުނު 25 ޕޮއިންޓާއެކު 3 ވަނައިގައެވެ.

މިލާނާއި އިންޓަރ ބައްދަލުކުރި ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންޓަރ މިލާނުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހަކަން ޗަޅަނޯލޫއެވެ. އިންޓަރ އިން ލަނޑު ޖަހާ ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް އޭސީ މިލާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ އިންޓަގެ ސްޓެފަން ޑި ވްރެއި އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހުވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ލިބި އޭގެން ބޭނުން ކުރެވޭގޮތް ނުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *