އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން މުހިއްމު މޮޅެއް ހޯދައި އާސެނަލް ލީގުގެ ފަސްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
ލީގުގައި ރޭ އާސެނަލްގެ ދަނޑުގައި ވަޓްފޯޑް އަތުން އާސެނަލް މޮޅުވީ، 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އާއި ވަޓްފޯޑުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމުކެވެ. މެޗު ފަށައިގެން އާސެނަލްގެ މިޑްފީލްޑަރު ސަކާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސަޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި އާސެނަލްއަށް ވަނީ ލީޑު ނެގުމަށް ޕެނަލްޓީއެއް ލިބިފައެވެ. އާސެނަލްގެ ކުޅުންތެރިއަކަށް ކުރި ފައިލަކާއި ގުޅިގެން ރެފްރީ ދިން މި ޕެނަލްޓީ އޮބަމަޔާން ފޮނުވާލުމުން ވޮޓްފޯޑްގެ ކީޕަރު ވަނީ އެބޯޅަ ދިފާޢުކޮށްފައެވެ.
މި މެޗުގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެމްލީ ސްމިތު ރޯވްއެވެ.
މި ނަތީޖާއާއެކު، ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކު ލީގުގެ 5 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. މި މެޗުން ބަލިވި، ވަޓްފޯޑް އޮތީ 11 މެޗުން ލިބުނު 10 ޕޮއިންޓާއެކު 17 ވަނައިގައެވެ.