ކ.ގުރައިދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު މޫދުގައި މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.
ގުރައިދޫ ކައުންސިލުން ބުނީ އެރަށުގައި 2 އަހަރުގެ ކުއްޖަކު ނުފެނިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާކަމަށެވެ. އެއްކުޖާ މަރުވިކަމަށް ލަފާކޮށްފައިވަނީ ގެނބިގެންކަމަށްވެސް ގުރައިދޫ ކައުންސިލުން ބުންޏެވެ.
ގުރައިދޫ ކައުންސިލުން ބުނިގޮތުގައި އެކުއްޖާއަކީ އެރަށު އުތުރު ފަރާތުގައި ހުންނަ ގެއެއްގެ ކުއްޖެއްކަމަށާއި، އެގެ ހުންނަނީ އަތިރިއާއި ވަރަށް ކައިރީގައިކަމަށެވެ. އެކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އަތިރީމަތީގައި އެކުއްޖާގެ މަންމަ އެކުއްޖާއަށް ކާންދިނުމަށްފަހު ތަށި ގެއަށްލާފައި ނުކުތުމަށްފަހު އެކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ.
ގުރައިދޫ ކައުންސިލުން ބުނިގޮތުގައި އެކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ