އިތުރު 109 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 109 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
04 ނޮވެމްބަރ 2021 10:06
0

އިތުރު 109މީހަކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވީ 109 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 84 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެއިން 17މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 08 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 88،386 އަށް އަރާފައެވެ. އަދި ޖުމްލަ 86168 މީހަކު ބަލިން ރަގަޅުވެފައި ވެއެވެ. މިވަގުތު މިބައްޔަށް 1،961 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 27 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ބަލީގައި މިހާތަނަށް 244 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.