ސްޕޯޓްސް ފިޝިންއަށް އެޅި ކަނދުފަތި އަޑީގައި ނުޖެހި ގެއްލިއްޖެ

ސްޕޯޓްސް ފިޝިންއަށް އެޅި ކަނދުފަތި އަޑީގައި ނުޖެހި ގެއްލިއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 07:30
0

ސްޕޯޓްސް ފިޝިންއަށާއި ވަދުދަމާ މަސްވެރިންނަށް ޚާއްޞަކޮށްގެން މިއަދު އެޅި ކަނދުފަތި ގެއްލިއްޖެއެވެ.

މިކަނދުފަތި ވައްޓާލާފައިވަނީ ހއ މޮޅަދޫ އާ ދިމާ 3 މޭލު ބޭރުންނެވެ. މިދަތުރުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިންގެ އިތުރުން ހއ. މޮޅަދޫ ކައުންސިލް މެމްބަރުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން ބައިވެރިވިއެވެ.

މިދަތުރާއި ގުޅޭގޮތުން "މަސްވެރިން އެމްވީ" އަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ކަނދުފަތި ގެއްލުނީ ވާ ކުރުވެގެން އަޑީގައި ނުޖެހުމުގެ ސަބަބުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަނދުފަތި އެޅުމަށް ވާ ތައްޔާރުކުރީ އެތަނުގެ ފުންމިން ޗާޓުން ބެލުމަށްފަހު އެ ފުންމިނަށްވުރެ މާ ދިގުކޮށް ކަމަށެވެ. ނަމަވެސް ޗާޓުން ފެންނަވަރާ ތަނުގެ އަސްލު ފުންމިނާ ދިމާ ނުވާކަން މިނިސްޓަރު ވާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން މިތާގައި ކަނދެއް އަޅާނަން. މިދަތުރުގައި މި ސާވޭ ކޮށް ނިންމާނަން. މިބަލަނީ ބަރުފައްތައިގެން މިތާންގެ ފުންމިން. ދެކުނަށް ކުރާ ދަތުރު ނިންމާފަ އައިސް މިތާންގައި ކަނދުފަތި އަޅާނަން.

– މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ތަޖުރިބާއަށް ބަލާ ކުރިއަށްއޮތް ތާންގައި ކަނދުފަތި އަޅާއިރު ފުންމިން ބަލަން ކުރާ ސާރވޭ އިތުރަށް ވަރުގަދަ ކުރައްވާނެކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.