2019ވަނަ އަހަރު ދުނިޔޭގައި އުފެއްދި ކަރަންޓުގެ %73 އުފައްދާފައިވަނީ ކޯލް އަންދައިގެން

ކޯޕް26: ބޯޓު ދެލި ބޭނުން ކުރުން ހުއްޓާލުމަށް 40 ގައުމަކުން އެއްބަސް ވެއްޖެ

ކޯޕް26: ބޯޓު ދެލި ބޭނުން ކުރުން ހުއްޓާލުމަށް 40 ގައުމަކުން އެއްބަސް ވެއްޖެ

ބޯޓުދެލި ބޭނުން ކުރުން ހުއްޓާލުމަށް، ދުނިޔޭގެ 40 ގައުމަކުން ގަލްސްގޯވްގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި އެއްބަސް ވެފައިވާކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ބޯޓުދެލި އެންދުން ހުއްޓާލުމަށް އެއްބަސްވި ގައުމުތަުގެ ތެރޭގައި، ދުނިޔޭގައި އެންމެ ގިނައިން ބޯޓުދެލި އަންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޕޮލޭންޑް، ވިއެޓްނާމް، ޗިލީ ހިމެނެއެވެ.

އެހެންނަމަވެސް ދުނިޔޭގައި އެންމެ ބޮޑަށް ބޯޓުދެއްޔަށް ބަރޯސާ ވަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ، ޗައިނާ އޮސްޓްރޭލިއާ، އިންޑިއާ، އަދި އެމެރިކާ މި އަހުދުނާމާގައި ސޮއި ކޮށްފައި ނުވާކަމަށް ވެއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަމުންދަނީ ބޯޓު ދެއްުޔެވެ.

މި އަހުދުނާމާގައި ސޮއިކުރި ގައުމުތަކުން ވަނީ، އެގައުމުތަކުގައާއި އަދި ގައުމުން ބޭރުގައިވެސް، ބޯޓުދެލި ބޭނުން ކޮށްގެން ހަކަތައް އުފައްދާ އާއެއްވެސް މަޝްރޫޢެއް ކުރިޔަށް ނުގެންދަން ނިންމާފައެވެ.

އަދި ހަމަ އެއާއެކު، މި ގައުމުތަކުންވަނީ، 2030 ވަނަ އަހަރު އަންނަން ވާއިރަށް މުއްސަދި އިގްތިސާދުތަކަށް ބޯޓުދެލި ބޭނުން ކޮށްގެން އުފައްދާ ހަކަތަ ފޯރުކޮށް އެކީ ނިމުމަކަށް ގެނައުމަށް އެއްބަސްވެ، އަދި ދުނިޔޭގެ ފަގީރު ގައުމުތަކަށް މިއުސޫލުން އުފައްދާ ހަކަތަ ފޯރުކޮށްދިނުން 2040ގައި ނިމުމަކަށް ގެނައުމަށްވެސް މިގައުމުތަކުންވަނީ އެއްބަސް ވެފައެވެ.

އަދި މި އެއްބަސްވުމުގައި އެތަކެއް ކުންފުނިތަކުންވެސް ސޮއި ކޮށްފައިވާއިރު، ދުނިޔޭގެ ބޮޑެތި ބޭންކުތަކުންވަނީ، ބޯޓުދެލި ބޭނުންކޮށްގެން ހިންގާ ޕްރޮޖެކްޓަތަކަށް ފައިސާ ޚަރަދު ނުކުރުމަށްވެސް ވައުދު ވެފައެވެ.

"ބޯޓުދެލި ބޭނުން ކުރުން ހުއްޓުވިދާނެކަމުގެ ނިޝާންތައް ފެންނަން ފަށައިފި،" އިނގިރޭސިވިލާތުގެ ބިޒްނަސް އެންޑް އެނާރޖީ ސެކެޓްރީ ކަވާސީ ވާޓެން ވިދާޅު ވެފައި ވެއެވެ.

މިހާރު ކުރިޔަށް ކޯޕް26 ސަމިޓުގައި ބޯޓުދެލި ބޭނުން ކުރުން ހުއްޓުވުމުގައި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވި ނަމަވެސް، މިގައުމުތަކުން ހިއްސާ ކުރަނީ، ބޯޓުދެލި ބޭނުން ކޮށްގެން 2019ވަނަ އަހަރު ދުނިޔޭގައި އުފެއްދި ކަރަންޓުގެ 37 އިންސައްތައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *