ކޯޕް26: ގައުމުން ބޭރުގައި ހިނގާ ބޯޓުދެލީގެ ޕްރޮޖެކްތަކަށް ޚަރަދު ކުރުން ހުއްޓާލުމަށް 29 ގައުމުން އެއްބަސް ވެއްޖެ

ކޯޕް26: ގައުމުން ބޭރުގައި ހިނގާ ބޯޓުދެލީގެ ޕްރޮޖެކްތަކަށް ޚަރަދު ކުރުން ހުއްޓާލުމަށް 29 ގައުމުން އެއްބަސް ވެއްޖެ

Author
ހުސެއިން
04 ނޮވެމްބަރ 2021 05:43
0

ބޯޓުދެކި (ކޯލް) އަންދައިގެން ޖައްވަށް އެންމެ ގިނަ އަދަދަކަށް ގެދަބުޅި އެކުލެވޭ ދުން ބޭރުކުރާ ގައުމުތައް ކަމުގައިވާ، އެމެރިކާ އަދި ކެނެޑާ ހިމެނޭ ގޮތުން، ގައުމުން ބޭރުގައި ހިނގާ ބޯޓި ދެލި ބޭނުން ކޮށްގެން ހަކަތައް އުފައްދާ ޕްރޮޖެކްޓްތަކަށް ފައިސާ ޚަރަދު ކުރުން 2022 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށް، މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި 29 ގައުމަކުން އެއްބަސް ވެއްޖެއެވެ.

"މިހާރު ކުރިޔަށްދާ ބޯޓުދެލިން ހަކަތަ އުފައްދާ ޕްރޮޖެޓްކަތަކަށް ޚަރަދު ކުރަމުން ގެންދިއުން ވެގެން ގޮސްފައިވަނީ، އިޖުތިމާއީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް ރިސްކު ބޮޑު ކަމަކަށް،" މި ގައުމުތަކުގެ މަންދޫބުން ގުޅިގެން، މިހާރު ހިގަމުންދާ ކޯޕް26 ސަމިޓުގައު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޮޑެތި ޕްރޮޖެޓްތަކަށް ޚަރަދު ކުރަމުންދާ މައިގަޑު ގައުމުތައް ކަމުގައިވާ ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެޔާގެ ނަން މި ލިސްޓުގައި ހިމެނިގެން ގޮސްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.