ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ބެލެވިގެން އެމައްސަލަ ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ ބަޔަކުވެގެން އޭނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާކަމަށެވެ. އޭނާ ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށާއި އަދި ބްލެކް މެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަތުން އަތުލައިގެންފައިވާ ކަމަށް އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުގައިވެސް ހާމަކޮށްފައިވެއެވެ.
އަދި އޭނާ ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ގެންދާކަމަށާއ އެމައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އޭނާ ގެއްލިގެން ހޯދަމުން އިއުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 13:30 އިން ފެށިގެންނެވެ. އޭނާ ވަނީ މިއަދު ހެނދުނު 8:45 ހާއިރު ގެއަށް ގޮސްފައިކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ