މާޒިޔާއަށް ސާބިޔާގެ ކީޕަރެއް

މާޒިޔާއަށް ސާބިޔާގެ ކީޕަރެއް

Author
އިބްރާހީމް ސާޢިދު
02 ނޮވެމްބަރ 2020 06:32
0

ޔޫރަޕުގެ ތިން ގައުމެއްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ގޯލްކީޕަރު ނިކޯލަ ވުޔަނަކް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ސޮއިކޮށްފި އެވެ.

އޭނާ ވަނީ ސާބިޔާ ، ބޮސްނިޔާ އަދި މެސެޑޯނިޔާގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅެފައެވެ. އުމުރުން 29 އަހަރުގެ ނިކޯލަ އެންމެ ފަހުން ކުޅެފައިވަނީ ބޮސްނިއާ ދެ ވަނަ ޑިވިޝަނުގެއެވެ. އޭގެ ކުރިން ސާބިއާގެ ފުރަތަމަ ޑިވިޝަނާއި މެސެޑޯނިއާގެ ފުރަތަމަ ޑިވިޝަންގެ ތިން ކްލަބަކަށް ވަނީ ކުޅެފައެވެ.

އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި ހުންނަ ނިކޯލަ ވަނީ ހަތަރު އަހަރު ކުރިން ޔޫރޮޕާ ލީގުގެ ކޮލިފައިންގައިވެސް ކުޅެފައެވެ.

ކުރިން މާޒިޔާގެ ގޯލު ބެލެހެއްޓި ބިދޭސީ ކީޕަރުންގެ ތެރޭގައި އަޒީޒީގެ އިތުރުން އިޓަލީގެ މައުރޯ ބޮއެޗިއޯ އާއި ސީރިއާގެ މަޙްމޫދު އަލް ޔޫސުފް އަދި ކިރްކިސްތާންގެ ޕަވެލް މަޓިއަޝް ހިމެނެ އެވެ. އެޓީމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ބިދޭސީ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ކީޕަރަކީ މި ސީޒަންގައި އޭފްސީކަޕަށް އެޓީމުން ގެންނަ ނިންމީ ކީޕަރެކެވެ. އޭނާ އާއިއެކު އެއްބަސްވުމަކަށް އާދެވިފައި ވަނިކޮށް އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތް ވަނީ ކެންސަލުކޮއްފައެވެ.

އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޗެރެޓީ ޝީލްޑް މެޗުގައި މާޒިޔާ ނުކުންނާނީ ވާދަވެރި އީގަލްސްއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.