އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓްގައި ވީޑިއޯ މެދުވެރިކޮށް ތަގްރީރު ކުރުމުގެ ފުރުސަތު ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ދީފައި ނުވާކަމަށާއި އެހެންކަމުން ޝީއަށް ސަމިޓަށް ފޮނުއްވަން ޖެހިވަޑައިގަތީ ލިޔުމުގެ ސްޓޭޓްމަންޓެއް ކަމުގައި ޗައިނާއިން ބުނެފިއެވެ.
މިހާރު ކުރިޔަށްދާ ޔޫއެން ކްލައިމެޓް ސަމިޓަށް ޗައިނާނެ ރައީސް ޝީ ޖިންގޕިންގ ވަޑައެއް ނުގަންނަނަވައެވެ. ނަތީޖާއެއްގެ ގޮތުން، މި ހަފްތާގެ ހޯމަދުވަހު އޮތް "ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ" ބައްދަލުވުމަށް ޝީގެ ސްޓޭޓްމަންޓް ފޮނުއްވާފައިވަނީ ލިޔުމުންނެވެ.
މި ސްޓޭޓްމަންޓުގައި ޗައިނާގެ ރައީސް، ދުނިޔޭގެ ތިމާވެށީ ހިމާޔަތް ކުރުމަށް އެއްވެސް އާ ވައުދެއް ވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ވަނީ، "ގައުމުތަކުގެ މެދުގައި އޮތް އިތުބާރާއި ގުޅުން ދެމެހެއްޓުމަށް" ވެފައިވާ ވައުދުތަކުގެ މަތީގައި ތިބުމަށް ގޮވާލައްވާފައެވެ.
"އަހަރެމެންނަށް އެގިފައިވާ ގޮތުގައި، ކޮންފަރެންސް އިންތިޒާމްކުރި ފަރާތްތަކުން ވީޑީއޯ ލިންކް މެތަޑް ފޯރުކޮށްދީފައެއް ނުވޭ،" ޗައިނާގެ ފޮރިންގެ މިނިސްޓްރީގެ ތަރުޖަމާން ވަންގ ވެންބިން އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ނޮވެމްބަރު މަހުގެ 1 އިން 12އަށް، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26، އަކީ މިހާތަނަށް ދުނިޔޭގައި ބޭއްވިގެންދާ ތިމާވެއްޓާބެހޭ އެންމެ ބޮޑު އެއްވުމެވެ. މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ދަނީ ބައިވެރި ވަމުންނެވެ.
މި ބައްދަލުވުމަށް ޗައިނާގެ ރައީސް ވަޑައި ނުގަންނަވާތީ، ތިމާވެށީގެ އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ގިނަ ބަޔަކު ދެކޭގޮތުގައި، މީގެ މާނައަކީ، މިއީ ތިމާވެށީގެ މައްސަލަތަކާމެދު ދުނިޔޭގެ ވެރިންގެ މެދުގައި ކުރިޔަށްދާ މަޝްވަރާތަކުގައި ޗައިނާއިން ތިމާވެއްޓާ ގުޅޭގޮތުން ކޮށްދޭނެ ކަމެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގައެވެ.
އެހެންނަމަވެސް ޗައިނާއިން ބުނެފައިވަނީ، އެގައުމުން ތިމާވެށީގެ މުހިންމި ވައުދުތައް ފާއިތުވެދިޔަ އަހަރު ވެފައިވާ ކަމުގައެވެ. މިގޮތުން 2060 ވަނަ އަހަރު އަންނަން ވާއިރަށް ގްރީސްހައުސް މަދުކުރުމުގެ ވައުދާއި، އަދި އިރުގެ އައްޔާއި އަދި ވައިން އުފައްދާ ހަކަތައިގެ މިންވަރު 2030 އަންނަން ވާއިރަށް 1,200 މެގަވަޓްސްއަށް މަތިކުރުމާއި، ބިމުގެ އަޑިން ގަނާ މައުދަން، ކޯލް ބޭނުން ކުރުން 2026 އިން ފެށިގެން މަދުކުރަން ފެށުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ