އަނެއްކާވެސް ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

އަނެއްކާވެސް ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 06:28
0

ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލައެއް ޖޭއެސްސީން ތަހުޤީގްކުރަން ފަށައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއްގައި ޢަމަލުކުރައްވާފައިވަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނު އާއި ޝަރީޢަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނާ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލަ ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"ން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ ހަސަން ސައީދުގެ މައްސަލަ ތަހުޤީޤްކުރަން ނިންމުމާއި ގުޅިގެން، މިއަދު ބޭއްވި އެކޮމިޝަނުގެ ޖަލްސާގައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ބަލަން ނިންމާފައިވަނީ ކަފާލާތުގެ ދަށުން ސީލައިފްގެ ވެރިޔާ އަހުމަދު މުސާ ދޫކޮށްލި މައްސަލައެވެ.

ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލައެއް ޖޭއެސްސީން ތަހުޤީގްކުރަން ފަށައިވާއިރު، އޭނާއާ ގުޅޭ އިތުރު ދެ މައްސަލައެއް އެ ކޮމިޝަނުން މިހާރުވެސް ދަނީ ތަހުޤީޤްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.