ނާސްތާ ޕްރޮގުރާމަކީ ސަރުކާރުގެ އެންމެ ކާމިޔާބު ޕްރޮގުރާމު: މިނިސްޓަރ

ނާސްތާ ޕްރޮގުރާމަކީ ސަރުކާރުގެ އެންމެ ކާމިޔާބު ޕްރޮގުރާމު: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 10:45
0

ނާސްތާ ޕްރޮގުރާމަކީ ސަރުކާރުގެ އެންމެ ކާމިޔާބު ޕްރޮގުރާމް ކަމަށާއި، މިހާތަނަށް މި ޕްރޮގުރާމަށް 224 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނާސްތާ ޕްރޮގުރާމާއި ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގުރާމަކީ ކާމިޔާބު ޕްރޮގުރާމެއްތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބެލެނެވެރިންގެ ފަރާތުންނާއި، އެނޫން ގޮތް ގޮތުންވެސް ޚަބަރު ލިބޭ ގޮތުގައި ނާސްތާ ޕްރޮގުރާމަކީ ވަރަށް ރަނގަޅު ޕްރޮގުރާމެއްކަމަށް ޚަބަރު ލިބިފައިވާމަށެވެ.

މިނިސްޓްރީން ނިންމާފައިވަނީ ކުރިންވެސް ޕްރިގްރާމުގެ ކާމިޔާބު ކަމާއިމެދު ދިރާސާއެއް ހެދުމަށް ކަމަށެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ޕްރޮގުރާމު މެދު ކަނޑާލުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލުން ޕްރޮގުރާމު ފަށާއިރު މިދިސާރާސާވެސް ހެދުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮގުރާމަކީ ސަރުކާރުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ޕްރޮގުރާމުކަމަށެވެ. މިހާތަނަށް ނާސްތާ ޕްރޮގުރާމުގައި ނާސްތާ ދިން ދުވަސްތަކުގައި ކޮންމެ ދުވަހު 49،000 ދަރިވަރުންނަށް ޕްރޮގުރާމުން ނާސްތާދެވުނުކަމަށެވެ. އަދި މިއީ ޚަރަދުގެ ގޮތުން ބަލާނަމަ 224 މިލިޔަން ރުފިޔާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ.

ނާސްތާ ޕްރޮގުރާމަކީ ސަރުކާރުން ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމު. އަޅުގަނޑު ފާހަގަ ކޮށްލަން އޮން އެވްރެޖް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 49،000 ކުރިދިން ދިޔައީ ނާސްތާ ނަގަމުން. މިކަމަށް މިހާރު 224 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދު ކުރެވިއްޖެ.

– މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް ހަރުދަނާކޮށް އަންނަ އަހަރު އަލުން ފެށުމަށް ވަނީ ނިންމާފައެވެ. އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަމަ ޖައްސާފައެވެ. އަދި ނާސްތާގެ ކަންކަމަށް ބަޖެޓުން 135 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، ދަރިވަރުންގެ އަމިއްލަ ފަސްގަނޑުގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ސަރުކާރުން ނާސްތާ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ވަކި ހިސާބަކުން އެ ޕްރޮގްރާމް ވަނީ މެދު ކަނޑާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.