ކުޑަ އަންހެން ކުއްޖަކަށް ސްކޫލުގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ސްކޫލުގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި

Author
ހުސެއިން
01 ނޮވެމްބަރ 2021 09:24
0

ކުޑަ އަންހެން ކުއްޖަކަށް ސްކޫލުގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނި އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ކޯޓު އަމުރެއްގެ ދަށުން މި އަންހެންމީހާ މިރޭ ފުލުހުން ހައްޔަރު ކޮށްފައިވާއިރު، މިމައްސަލަ އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާތީ، ދައުލަތުގެ މުވައްސަސާތަކަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒި ވެފައެވެ.

އަދި، ގަލޮޅު މަދްރަސާގައި 4އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގާ، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅުއްވާފައެވެ.

އަދި މިމައްސަ ކުއްލި މައްސަލައެއްގެ ގުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ގަލޮޅު މަދަރުސާގެ މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެން މިމަހުގެ 29ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ސްކޫލުން ބުނެފައިވަނީ، މީގެ ފަހުން ފާހާނާ ކުރުމަށްފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ވާނަމަ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށެވެ. އަދި ސްކޫލުގައި 18 ސީސީޓީވީ ކެމެރާއެއް ހަރުކުރާނެ ކަމަށްވެސް އެ ސްކޫލުން ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ އިދާރީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މައްސަލަ ބަލައި ނިމެންދެން ކަމަށެވެ. އެކަމުގެ ތުހުމަތަށް ދެ މުވައްޒަފަކާއި ސުވާލު ކުރެވެމުންދާ ކަމަށް އޭރު އޭނާ ވިދާޅުވެފައި ވެއެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަތައް އޮއްބާލަން ސްކޫލުން މަސައްކަތް ކޮށްފައިވެއެވެ. މިމައްސަލާގައި ކުއްޖާގެ ބަޔާން މީގެކުރިން ފުލުހުން ވަނީ ނަގާފައެެވެ. ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަށް އެނގިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.