ޗެލްސީ މޮޅުވިއިރު، ކްރިސްޓަލް ޕެލެސް އަތުން ސިޓީ ބަލިވެއްޖެ

ޗެލްސީ މޮޅުވިއިރު، ކްރިސްޓަލް ޕެލެސް އަތުން ސިޓީ ބަލިވެއްޖެ

Author
ޔޫސުފް
30 އޮކްޓޯބަރ 2021 10:35
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުއިރު، ކްރިސްޓަލް ޕެލެސް އަތުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

ނިއުކާސަލްގެ ދަނޑުގައި ޗެލްސީން އެޓީމުގެ މައްޗަށް ކުރިހޯދީ ދެވަނަ ހާފުގައި ޖެހި 3 ލަނޑާއެކު 0-3 ގެ ނަތީޖާއަކުންނެވެ. އަދި ސިޓީގެ ދަނޑުގައި ކްރިސްޓަލް ޕެލެސް އަތުން އެޓީމު ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގެ ޗެލްސީން ލީޑު ނެގީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ޖޭމްސްއެވެ. އަދި ޖޭމްސް ވަނީ 77 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޗެލްސީއަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެއެވެ. 81 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

މި ނަތިޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހޯދި 25 ޕޮއިންޓާއެކު ޗެލްސީ އޮތީ 1 ވަނައިގައެެވެ. ނިއުކާސަލް ޔުނައިޓެޑް އޮތީ 10 މެޗުން ލިބުނު 4 ޕޮއިންޓާއެކު ފުލުން 2 ވަނައިގައެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން ސިޓީ ވަނީ ކްރިސްޓަލް ޕެލަސް އަތުން 0-2 ގެ ނަތިޖާއަކުން ބަލިވެފައެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕެލެސް އިން ލަނޑު ޖަހާ ލީޑު ނެގީ މެޗު ފަށައިގެން 6 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަހާއެވެ. ޕެލަސްގެ ދެވަނަ ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށެވެ.

މި ނަތީޖާއާއެކު 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު ސިޓީ އޮތީ ލީގު ތާވަލްގެ 3 ވަނައިގައެވެ. މެޗުން މޮޅުވި ކްރިސްޓަލް ޕެލަސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ 13 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.