އިރާންއިން ކުރިޔަށް ގެންދާ ޑްރޯން ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް މިހަފްތާގެ ހުކުރު ދުވަހު އަޅައިފިއެވެ. އަދި މި ފިޔަވަޅުތަކަށްފަހު، އިރާނުގެ ޒިންމާދާރުކަމެއް ނެތް އަމަލްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.
"އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީސް އޮފީސް އޮފް ފޮރިންގ އެސެޓްސް ކޮންޓްރޯލް (OFAC) އިން ވަނީ، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސް (IRGC) އާއި ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ އެކްސްޕެޑިޝަނަރީ ޔުނިޓާއި ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ ގުދުސް ފޯސްގެ ޑްރޯން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކުންފުނިތަކާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަފަޅު އަޅާފާ،" އެމެރިކާގެ ޓްރްޒަރީ ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއް ބުނެފައި ވެއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރިވޮލިއުޝަނަރީ ގާރޑް ކޯޕްސް އެރޯސްޕޭސް ފޯސް ޑްރޯން ޕްރޮގްރާމް ކޮމާންޑް ސައީދު އަގާޖާނީވެސް ހިމަނާފައި ވެއެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓްއިން ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ، އޮމާން ރަށްބޭރުގައި އޮތް މާކަރ ސްޓްރީޓް ނަމަކަށްކިޔާ އާގުބޯޓަށް ޑްރޯން ބޭނުންކޮށްގެ ދީފައިވާ ހަމަލާއާއި، ސައުދީ އަރަބިއާގެ އޮއިލް ރިފައިނަރީއަށް 2019ވަނަ އަހަރު ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ހަލަމާގެ ފަހަތުގައިވެސް ސައީދު އަގާޖާނީ ހުރިކަމަށެވެ.
އަދި އިރާންގެ ޑްރޯން ޕްރޮގްރާމުން އުފައްދާ ޑްރޯންތައް، ލުބުނާން ހިޒްބުﷲ އާއި، ފަލަސްތީންގެ ހަމާސްއާއި ޚަތީބު ހިޒްބުﷲއާއި، އަދި ޔަމަނުގެ ހޫތީންނަށްވެސް ފޯރުކޮށް ދެމުން ދާކަމަށްވެސް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ