ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގެ އައު ޢިމާރާތް އެޅުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
ސީއެޗްއެސްއީގެ އައު ޢިމާރާތް އެޅުމުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޑީސީން މިއަދު ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ މަތީސާނަވީއަށް ކިޔަވައިދޭން ފެށި ސްކޫލް އަދި މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ހަމަ އެކަނި ސްކޫލު ހުޅުމާލެ އަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާނީ 2022 ވަނަ އަހަރުއެވެ. ހާހަކަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސީއެޗްއެސްއީގެ އާ އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައެވެ.
ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީގެ އައު ޢިމާރާތުގެ ބިން އެޗްޑީސީއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކުރެއްވުން. pic.twitter.com/fnKtRBZavy
— Ministry of Education (@MoEdumv) November 2, 2020
ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ އެސްކޫލްގެ 8 ބުރީގެ ކްލާސްރޫމް ބްލޮކެއް ހަދަން ނިންމައި އެމަސައްކަތް، 33 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ހަވާލުކޮށްފައިވަނިކޮށެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި ހުޅުވުނު މި ސްކޫލަކީ، މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ. އެ ސްކޫލުގައި މިހާރުވެސް 1500 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާޞިލުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ