އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއިމެދު ހިތްހަމަ ނުޖެހި ޑރ.ޝަހީމް އޭނާގެ ދިފާއުގައި ނިކުންނަވައިފިއެވެ.
ޖޭއެސްސީން ވަނީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބުގެ މައްސަލަ ސާބިތުވާތީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމާފައިވެއެވެ.
މިނިންމުމާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ޤާޟީ ފަޟީލަތުއް ޝައިޚުލްއުސްތާޛު މުޙައްމަދު ޠައްޔިބަކީ ފަޚުރުވެރި ޒުވާން އިލްމުވެރިއެއް ކަމަށެވެ. އޭނާއަކީ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢައިން، ތަޢުލީމު ޙާޞިލްކުރެއްވި މޮޅު ޒުވާން ޤާޟީއެއް ކަމަށެވެ.
އައްޑޫގެ ފަޚުރުވެރި ޒުވާން ޢިލްމުވެރި ފަނޑިޔާރު. މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢައިން، ތަޢުލީމު ޙާޞިލްކުރެއްވި މޮޅު ޒުވާން ޤާޟީ ފަޟީލަތުއް ޝައިޚުލްއުސްތާޛު މުޙައްމަދު ޠައްޔިބު ޙަސަދަވެރިންގެ ވަކިތަކުން ރައްކާތެރިކުރައްވާށި. އާމީން.
– ޝަހީމް ވިދާޅުވިއެވެ.
ޖޭއެސްސީ ބަލާފައިވަނީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު ތައްޔިބް އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލަ އެކެވެ. މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ތައްޔިބް ނެރުއްވާފައިވާ އަމުރަކީ، އިޖުރާއަތާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.
ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލައި އެތައް ފަނޑިޔާރަކަށް ފިޔަަޅު އަޅައި އަދި މަޖިލިސް މެދުވެރިކޮށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު އެކަމުގައި ޖޭއެސްސީން އަމަލުކުރާ ގޮތުން އެ ކޮޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއެވެ.
ކޮމެންޓު ފޮނުވާ