މިދިޔަ ހުކުރު ދުވަހު ދަންޖެހުނު ބިދޭސީ ނަރުސް އަންހެން މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައި ވަނިކޮށް އަންހެން މީހާގެ ފިރިމީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން 29 އަހަރުގެ ފިލިޕީންސް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ.
އަދި މީގެ އިތުރުން ޕޯސްޓުމޯޓަމް ހެދުމަށް އަންހެން މީހާގެ ހަށިގަޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަނުން ދާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާކަމުގައެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ މަރުވެފައިވާ މިމީހާގެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރުމުން ހަމަ އެދުވަހު ފުލުހުން ވަނީ އެމީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
އެމީހާ ދަންޖެހުނު ކަމަށްބުނެ އޭނާ ގޭގައި މަރުވެފައި އޮއްވާ ފެނުމުން ފުލުުހުންގެ ތަހުގީގް ޓީމު އޭނާ ދިރިއުޅޭ ގެއަށް ދިއުމުގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެެ.
އާއިލާއާއިއެކު މާލޭގައި ދިރިއުޅެމުންދާ މި ނަރުސް އަންހެން މީހާގެ ފިރިމީހާއަކީވެސް ނަރުހެކެވެ. މި ދެމީހުންގެ ކުޑަ ކުއްޖެއްވެސް ހުރެއެވެ.
ކޮމެންޓު ފޮނުވާ