2019 ވަނަ އަހަރުގެ ފިލްމް "މަރްދާނީ" އިން ބޮލީވުޑަށް ތަޢާރަފްވި ތަރި ވިޝާލް ޖެތުވާއަށް ސަލްމާން ޚާންގެ ސިލްސިލާ ފިލްމް "ޓައިގާ-3″ އިން ފުރުސަތު ލިބިއްޖެއެވެ.
ރާނީ މުކަރްޖީ އާއި އެކު "މަރްދާނީ" އިން ފެނުނު ވިޝާލް ދެއްކި އެކްޓިންގއަށް ވަނީ ގިނަބައެއްގެ ސަޕޯޓްލިބިފައެވެ.
"މަރުދާނީ"އަށް ފަހު މިއީ ވިޝާލް ކުޅޭ ފުރަތަމަ ފިލްމެވެ. "ޓައިގާ-3″ އިން ވަރުގަދަ ރޯލެއް ވިޝާލަށް ލިބިފައިވާއިރު ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މި ފިލްމުން ވެސް ވިޝާލްގެ މޮޅު ހުނަރު ބެލުންތެރިންނަށް ފެނިގެން ދާނެއެވެ.
ސަލްމާނާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ މި ފިލްމްގައި އިމްރާން ހާޝީމީ ވިލަންއެއްގެ ރޯލުން ފެނިގެން ދާނެއެވެ. މިއީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ބަލާލަން ލިބޭނެ ފިލްމެއްކަމަށް ޚަބަރުތަށް ބުނެއެވެ.
"ޓައިގާ-3″ ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.