ނ.އަތޮޅު މަދަރުސާގެ މަލްޓި ޕާރޕޯސް ހޯލުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފި

ނ.އަތޮޅު މަދަރުސާގެ މަލްޓި ޕާރޕޯސް ހޯލުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 11:37
0

ނ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒް އެވެ. އަފާމީ މޯލްޑިވް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

މި  މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އަފާމީ މޯލްޑިވްއާއިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 7,155,023.44 (ހަތް މިލިއަން އެއްލައްކަ ފަންސާސް ފަސް ހާސް ތޭވީސް ރުފިޔާ ސާޅީސް ހަތަރު ލާރި ) އަށް މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ.

އެމިނިސްޓްރީން ބުނެފައިވަނީ، މިމަސައްކަތް 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މުޅިން ނިމޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.