ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބު!

ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބު!

Author
ފާތިމަތު ނާވީ
27 އޮކްޓޯބަރ 2021 05:17
0

ބޮކްސިންގ ތަޅާމީހެއްގެ ރޯލުން ޓައިގާ ޝްރޮފް ފެންނަ ފިލްމް "ގަންޕަތު"ގައި އޭނާގެ ބައްޕަގެ ރޯލަށް އަމީތާބް ބައްޗަން ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ބިގް ބީ މި ފިލްމަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާއިރު މިހާރު އަމީތާބުގެ ޝެޑިއުލުން މި ފިލްމަށް ހުސްކުރެވޭނީ ކޮން ދުވަސްތަކެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަހުގެ ޚަބަރުތަށް ބުނެއެވެ.

ޓައިގާ ބޮކްސިން ތަޅާ މީހެއްގެ ރޯލުން މި ފިލްމުން ފެނިގެން ދާއިރު އޭނާގެ ބައްޕަ އެކްޓަރ ޖެކީ ޝްރޮފަކީ އޭނާގެ ޒުވާން އުމުރުގައި ބޮކްސިން ތެޅިމީހެކެވެ. "ގަންޕަތު" ގައި ހާއްސަ ފެނިލުމަކުން ޖެކީ ވެސް ފެނިގެން ދާނެއެވެ.

ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި މި ފިލްމް ގެ ޝޫޓިން ފެށުމަށް ތައްޔާރު ވަމުންދާއިރު، ފިލްމުގެ ބޮޑުބައެއް އިނގިރޭސިވިލާތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލުން ޓައިގާ އާއެކު ފެނިގެން ދާނީ ކްރިތީ ސެނޮން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.