އެވަޓަން ފަހަތަށް ޖައްސާލައި ޓޮޓެންހަމް ދެވަނައަށް

އެވަޓަން ފަހަތަށް ޖައްސާލައި ޓޮޓެންހަމް ދެވަނައަށް

ގުޅުންހުރި

އިނގިރޭސި ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ އާދީއްތަ ދުވަހުގެރޭ ބްރައިޓަން ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމް މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީއަކުން މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މިއީ ލީގުގައި އޭނަ ޖެހި 149 ވަނަ ލަނޑެވެ.

މިއީ އޭރިއާ ތެރެއިން ބްރައިޓަނުގެ އެޑަމް ލަލާނާ ކޭންއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެންމެ ފުރަތަމަ މި ފައުލާ ގުޅިގެން ޓޮޓެންހަމަށް ހިލޭ ޖެހުމެއް ދޭން ރެފުރީ ނިންމި ނަމަވެސް، އޭރިއާ ތެރެއިން ލަލާނާ ފައުލް ކުރި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ނިންމުމުން، އެ ޓީމަށް ޕެނަލްޓީއެއް ދިނެވެ.

މެޗުގައި ބްރައިޓަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯރިގު ލަމްޕްޓީއެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެރެތު ބޭލް ކާމިިޔާބުކުރި ލަނޑުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބޭލް މި ލަނޑު ކާމިޔާބުކުރީ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުންނެވެ. މިއީ ދެވަނަ ފަހަރަށް ޓޮޓެންހަމަށް ބަދަލުވުމަށް ފަހު ބޭލް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އެންމެފަހުން ބޭލް ޓޮޓެންހަމްއަށް ލަނޑެއް ޖަހައިދިނީ 2012 ވަނަ އަހަރުއެވެ.

މިއީ 2019 ވަނަ އަހަރު ފެބްރުވަރީ މަހު އޭރުގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯ ކޯޗުކަމުގައި ލީގުގެ ދެވަނައަށް އެރިފަހުން އެރި ފުރަތަމަފަހަރެވެ.

މި މޮޅާއެކު އެވަޓަން ފަހަތަށް ޖައްސާލައި ޓޮޓެންހަމް ތާވަލުގެ ދެވަނައަށް ޖެހިލީ ހަތް މެޗުން 14 ޕޮއިންޓާއެކުއެވެ. ތިންވަނައަށް ވެއްޓުނު އެވަޓަނަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *