ވޯކާގެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައްޕައެއްގެ ޒިންމާނެގީ ވިން ޑީސެލް

ވޯކާގެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައްޕައެއްގެ ޒިންމާނެގީ ވިން ޑީސެލް

Author
ފާތިމަތު ނާވީ
26 އޮކްޓޯބަރ 2021 06:09
0

ނުރައްކާތެރި ކާރު އެކްސިޑެންޓުގައި މަރުވި، ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ކުރީގެ ތަރި ޕޯލް ވޯކާގެ އަންހެން ދަރިފުޅުގެ ކައިވެނީގައި ބައްޕައެއްގެ ޒިންމާ އެފިލްމުގެ އަނެއް ތަރި އަދި ޕޯލްގެ އެންމެ ގާތް ރަހުމަތްތެރިޔާ ވިން ޑީސެލް ނަގައިފިއެވެ.

ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ވަނީ މިކަން އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މެޑޯ ވަނީ ކައިވެނީ ހަފްލާގައި ވިން އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Meadow Walker (@meadowwalker)

މެޑޯ އަކީ މޮޑެލެކެވެ. އޭނާ ވޯގަށް ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ މަރުވިފަހުން ވިން އަބަދުވެސް އާއިލާގެ ހާލު ބަލާކަމަށާއި އެއީ ވެސް އާއިލާގެ މެމްބަރެއް ކަމަށެއެވެ. އަދި ކައިވެނީގައި ބައްޕަގެ ޒިންމާ ނެގުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕޯލް ވޯކާ، އުމުރުން 40 އަހަރުގައި މަރުވެފައިވަނީ 2013 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އޭނާ މަރުވިއިރު  "ފާސްޓް އެންޑް ފިއުރިއަސް"ގެ ހަ ފިލްމެއްވަނީ ކުޅެފައެވެ.

 

View this post on Instagram

 

A post shared by Meadow Walker (@meadowwalker)

މެޑޯ އާއި ލޯބިވެރިޔާ ލުއީ ތޯންޓަން-އެލަން މި މަހުގެ ކުރީކޮޅު ކައިވެނިކުރީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.