އެއް ވަނައަށް އަލުން އަރަން ލިބުނު ފުރުސަތު އެވަޓަންއިން ނަގާލައިފިއެވެ.
އިނގިރޭސި ލީގުގައި ރަށުން ބޭރުގައި އެވަޓަން ވަނީ 2-1 އިން ނިއުކާސަލް އަތުން ބަލިވެފަ އެވެ. މެޗުގައި ނިއުކާސަލްގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ކޯލަމް ވިލްސަންއެވެ. މިހާތަނަށް ލީގުގައި ވިލްސަން ޖެހި ހަލަނޑުގެ ތެރެއިން ތިންލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނެލްޓީއަކުންނެވެ. މެޗުގައި ނިއުކާސަލްއިން ޖެހި ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުންނެވެ.
އެވަޓެންގެ ލަނޑު ޖަހައިދިނީ މެޗު އިތުރުވަގުތު ތެރޭގައި ޑޮމިނިކް ކުލައިވެޓް ލެވިންއެވެ. މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވަނީ ތިން ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.
ލިވަޕޫލް ހަތް މެޗުން 13 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި ޓޮޓެންހަމް އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެެވެ.