މެސީ ނެތި ކުޅުނު ފުރަތަމަ އެލް ކްލަސިކޯ މެޗުން ބާސާ ބަލިވެއްޖެ

މެސީ ނެތި ކުޅުނު ފުރަތަމަ އެލް ކްލަސިކޯ މެޗުން ބާސާ ބަލިވެއްޖެ

ބާސެލޯނާގެ ލެޖެންޑް ލައިނަލް މެސީ ނުލައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯއިން ބާސެލޯނާ ބަލިވެއްޖެއެވެ.

މިމެޗުން ބާސެލޯނާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިފައިވާއިރު، ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. މިމެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކުރީ މިސީޒަންގައި މެޑްރިޑާއި އަަލަށް ގުޅުނު ޖޯޑި އަލްބާއެވެ. ފުރަތަމަ ހާފުގައި ބާސާއަށް އެއްވަރު ކުރަން ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ބަދަލުތަކާއިއެކު ގޯލް ޖެހުމަށް ބާސާއިން މަސައްކަތް ކުރި ނަމަވެސް ނަތީޖާއަށް މާބޮޑު ބަދަލެއް ގެނެވޭ ގޮތެއް ނުވިއެވެ. މެޗުގައި އަގުއޭރޯއާއި، ކުޓީނިއޯވެސް ކުޅެން ނެރެފައިވެއެވެ. މެޗުގެ ނަތީޖާ ފުޅާކުރީ އިތުރު ވަގުތުގައި ވަސްކޭޒް ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ގޯލެއްޖަގައި ފަރަގު ކުދަކޮށް ދިނީ އަގުއޭރޯއެވެ. މިއީ އަގުއޭރޯ ބާސާއަށް ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މި ފަހަރުގެ އެލް ކްލަސިކޯ އަކީ މިދިޔަ 17 ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލްގެ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް ނެތި ފެންނާނެ ފުރަތަމަ ކުރިމަތިލުމެވެ. މި ވަގުތަށް ބަލާއިރު، ރެއާލާއި ބާސެލޯނާ ވެސް އޮތީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. މި ސީޒަނުގައި މި ދެ ޓީމަށް ވެސް ދިމާވަމުން އަންނަ މައްސަލަ އަކީ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުމަށް ދިމާވާ ގޮންޖެހުމެވެ.

ފުޓްބޯޅަ ތާރީހަށް ބަލާއިރު، އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ މެޗަކީ އެލް ކްލަސިކޯ އެވެ. މި ފަހަރުގެ އެލް ކްލަސިކޯ މެޗަށް ނުކުންނައިރު، ތާރީހަށް ބަލާނަމަ ބުރަަވަނީ ހަނި ފަރަގަކުން ރެއާލް ކޮޅަށެވެ. އެއީ މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން ރެއާލް 75 މެޗުން މޮޅުވެފައި ވާތީ އެވެ. ބާސެލޯނާ ވަނީ 72 މެޗު ކާމިޔާބުކޮށްފަ އެވެ. އަދި 32 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މިމޮޅާއިއެކު މެޑްރިޑްވަނީ 20 ޕޮއިންޓާއިއެކު ގޯލުގެ ތަފާތުން އެއްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ބާސެލޯނާ އޮތީ 15 ޕޮއިންޓާއިއެކު 8 ވަނާ ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *