އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާއިއެކު އެއްބަސްވުމަކަށް

އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާއިއެކު އެއްބަސްވުމަކަށް

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 12:32
0

ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ކޮމްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫއެވެ.

މިއެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އޮޑިޓަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމުތަކާއި، ފަންނީ މައުލޫމާތު ދިނުމުގެ ޕްރޮގުރާމްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ކުރިއެރުވުން މުހިންމު ކަމަށެވެ. އަދި އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ސީއޭޖީ އިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްފުށު
ހެޔޮނުވާނެެ ތިއިންޑިޔާާ އިންޑިޔާާ ނޫންޤައުމެއްް މިދުނިޔޭގަވެސްް ނެތީތަަ ހޮޑުލަވައިގަނެއްޖެެ