ފުލުހުންގެ ބެލުމުގެ ދަށުގައު ހުއްޓާ ހަލު ދެރަވެގެން ގދ.ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
ގައިދީއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވަނީ މަހުގެ 18 ވަނަ ދުވަހު އެ މީހާ ބަލިވުމާ ގުޅިގެން ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި އެ މީހާގެ ބަލި ހާލަތު ހުރި ގޮތުން މިމަހުގެ 21 ވަނަ ދުވަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ އުމުރުން 47 އަހަރުގެ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމީހާގެ މަރާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ