އަފައާނިސްތާނުގެ ކުރީ ސަރުކާރުގެ ދުވަސްވަރު، ޖާނުން ފިދާވެގެން، އަފްއާނިސްތާނުގެ އޭރުގެ ސިފައިންނަށާއި އަދި އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ހަމަލާދިން ތާލިބާން ހަގުރާމަވެރިންގެ އާއިލާތަކަށް، ދިރިއުޅޭނެ ބިމާއި އަދި ފައިސާގެ އެހީތެރިކަންވެސް ދޭން ހަމަޖައްސާފައިވާ ކަމަށް، ތާލިބާން ސަރުކާރުގެ އިންޓިރިއަޔ މިނިސްޓްރީގެ ތަރުޖަމާން ވިދާޅު ވެއްޖެއެވެ.
އޭނާ މިގޮތަށް ވިދާޅުވެފައިވަނީ، ކުރެއްވި ޓުވީޓެއްގަ އެވެ.
ތާލިބާން ސަރުކާރުގެ އިންޓީރިއަރ މިނިސްޓަރ ސިރާޖުއްދީން ހައްގާނީ، އޭގެ ކުރީދުވަހު ވިދާޅުވިދާޅުވި ކަމަށް، ސޯޝަލް މީޑިއާގައި، ތާލިބާންގެ ތަރުޖަމާން ޤާރީ ޚޯސްތީ ވިދާޅުވެފައިވަނީ، އަފްއާނިސްތާނުގެ ކުރީ ސަރުކާރުގެ ސިފައިންނަށާއި އަދި އެމެރިކާގެ ސިފައިންނާ ދެކޮޅަށް ޖާނުން ފިދާވެގެން ހަމަލާ ދީފައިވަނީ، ދީނާއި ގައުމުގެ ހައްގުގައި ފިދާވީ ބަތަލުން ކަމުގައެވެ.
އެމެރިކާއިން "ބައިނަލް އަގުވާމީ ޓެރަރިސްޓެއް"ގެ ގޮތުގައި ކަނޑައަޅާ، އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރު ހުށަހަޅާފައިވާ، ތާލިބާން ސަރުކާރުގެ ވަގުތީ އިންޓީރިއަރ މިނިސްޓަރު ހައްގާނީ ވަނީ، އަފްއާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރނޭޝަނަލް ހޮޓެލްގައި، ތަލިބާން ޖަމާއަތުން ކުރަމުންދިޔަ ހަގުރާމާގައި ޖާނުން ފިދާވެފައިވާ ހަގުރާމަވެރިންގެ އާއިލާތަކާ ބައްދަލު ކުރައްވާފައެވެ.
މި ހޮޓަލަކީވެސް، 2018ވަނަ އަހަރު ތާލިބާން ހަގުރާމަވެރިން ޖާނުންފިދާވުމުގެ ހަމަލާ އަމާޒު ކޮށްފައިވާ ހޮޓަލެކެވެ.
އަންގާރަ ދުވަހު ބޭއްވުނު މިބައްދަލު ވުމުގެ ރަސްމީ ފޮޓޯތައްވެސް ތާލިބާން ސަރުކާރުންވަނީ އާންމު ކޮށްފައެވެ.
3/3- H.E Haqqani added: "Now you & I must refrain from betraying the aspirations of our martyrs."
At the end of the meeting, he distributed 10,000 AFN & clothes to the families of the martyred Fidayeen & promised a plot for each (martyr's) family. pic.twitter.com/CBEaW4SACp
— Qari Saeed Khosty (@SaeedKhosty) October 19, 2021
އަފްއާނިސްތާން ސަރުކާރުންވަނީ، ޖާނުން ފިދާވީ ހަގުރާމަވެރިންގެ ކޮންމެ އާއިލާއަކަށްވެސް ހެދުމާއި، 10،000 އަފްއާނި (111 ޑޮލަރު) ހަދިޔާގެ ގޮތުގައި ދީފައެވެ. އަދި މީގެ އިތުރުން ކޮންމެ އާއިލާއަކަށްވެސް ދިރި އުޅޭނެ ބިން ދިނުމަށްވެސް ސަރުކާރުން ވަނީ ވައުދު ވެފައެވެ.
ތާލިބާން ސަރުކާރުގެ އިންޓީރިއަ މިނިސްޓަރ ހައްގާނީއަކީ އެމެރިކާއިން ޓެރަރިސް ގުރޫޕެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހައްގާނީ ނެޓްވާކުގެ އިސް ލީޑަރެވެ. އޭނާގެ ކުރިން އެނެޓްވާކުގެ އިސް ލީޑަރަކީ އޭނާގެ ބައްޕައެވެ. މި ގުރޫޕަކީ ތާލިބާން ޖަމާއަތާ ޚާއްސަ ގުޅުމެއް އޮންނަ ޖަމާއަތަކަށް ވާއިރު، ހުޅަގު ޖާސޫސީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، އަފްއާނިސްތާން ހަގުރާމާއިގެ ދުވަސްވަރު އޭރުގެ ސަރުކާރާ އަދި ކޯލިޝަންގެ ފައުޖުތަކާ ދެކޮޅަށް ދީފައިވާ އެންމެ ނުރައްކާތެރި ޖާނުންފިދާ ވުމުގެ ހަމަލާތައް ދީފައިވަނީ މި ގުރޫޕުންނެވެ.
ކޮމެންޓު ފޮނުވާ