ނުތަނަވަސްކަން އުފެދެނީ އިންޑިއާ ސިފައިން ބައިތިއްބައި، ސިއްރު އެގުރީމަންޓް ހަދާތީ: އާދަމް ޝަރީފް

ނުތަނަވަސްކަން އުފެދެނީ އިންޑިއާ ސިފައިން ބައިތިއްބައި، ސިއްރު އެގުރީމަންޓް ހަދާތީ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 10:24
0

ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންޑިއާއާއިމެދު ނުތަނަވަސްކަން އުފެދެމުންދަނީ، އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ބައިތިއްބައި، ސިއްރު އެގްރީމަންޓްތައް ހަދާތީ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ އިތުބާރުހިފޭ، އަދި އެންމެ ހެޔޮއެދޭ ޤައުމު ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އާދަމް ޝަރީފް ވިދާޅުވީ އިންޑިއާއި ރާއްޖެއާއިމެދު ކިލަނބުކަން އުފެދިގދން ދަނީ ސަރުކާރުން އަމަލުތައް ބަހައްޓާ ގޮތުންކަމަށެވެ. ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބައިތިއްބައި، އަޑި ނޭގޭ ސިއްރު އެގްރީމަންޓްތައް ހަދާމަކީ ރައްޔިތުންގެ ހިއްތަކުގައި ނުތަނަވަސްކަން އުފެދުމުގެ ޖާގަ ލިބޭ ކަންތައްތަކެއް ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަކުގައި އިންޑިއާއާއިމެދު ކިލަނބުކަން އުފެދެނީ ރާއްޖޭގައި އިންޑިއާއި މިލިޓަރީ ޕްރެޒެންސް އޮންނަންޖެހޭކަމަށް ބަޔަކު ގޮވާލި ހިސާބުން. ސަރުކާރުން އިންޑިއާއާއިއެކު ސިއްރު އެގްރީމަންޓްތަކެއް ހެދުމަކީ ނުތަނަވަސްކަން އިތުރުވިކަމެއް. ސަރުކާރުން ޒިންމާ ނަގަންޖެހޭ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅުންވަނީ މިނިވަން ކަމުގެ ހިނގާލުމުގެ ނަމުގައި މިއަދު ހަވީރު މާލޭގައި ބޮޑު ހިނގާލުމެއްވެސް ބޭއްވުމަށް ނިންމާފައެވެ. މި ހިނގާލުމުގައި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސިއްރު އެގްރީމަންޓްތައް ހާމަކުރުމަށް ގޮވާލާނެއެވެ.

އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެެން ދެއްްވި ބަޔާނުގައި ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާކަން ކަން އެ ގައުމުން މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ސާބިތު ކޮށްްދީފައިވާ ކަމަށެވެ.

މިވީ 56 އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ ރާއްޖެއިން ބޭނުންވި ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޯށްދީ، ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވާ ޤައުމަށް ވެފައިކަމަށެވެ. މިސަބުތަކަށްޓަކައި އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެންމެ ހޮޔޮއެދޭ ޤައުމުގެ ގޮތުގައި ޝާހިދު ސިފަ ކުރެއްވިއެވެ.  މިނިސްޓަރު ވިދާޅުވިގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނި އާ ހަރުަފަތަކަށް ދަތުރުކޮށްފައެވެ. ދެގައުމުގެ ފަރާތުން ކުރާ ޒިޔާރަތްތައް އިތުރުވުމަކީ އޭނާ ވިދާޅުވިގޮތުގައި އޭގެ އެއް ސަބަބެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ދެމުންއައި އެހީތެރިކަން އެތައް ގުނައެއް އިތުރުކޮށްފައި ވާކަމަށެވެ. އެގޮތުން މިހާތަނަށް 155 މިލިއަން ރުފިޔާ ނުވަތަ 10 މިލިއަން އެމެރިކާ ޑޮލަރަށް ހިލޭ އެހީގެ މިންވަރު އިތުރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަލަށް ސޮއިކުރި 8 މަޝްރޫޢާއެކު އިންޑިއާއިން ރާއްޖޭގައި ފަށްޓަވަނީ ތަރައްޤީގެ އިތުރު މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.