އިންޑިއާއަކީ ރާއްޖެއަށް އެންމެ އިތުބާރުހިފޭ، އަދި އެންމެ ހެޔޮއެދޭ ޤައުމު ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެެން ދެއްްވި ބަޔާނުގައި ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާކަން ކަން އެ ގައުމުން މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ސާބިތު ކޮށްްދީފައިވާ ކަމަށެވެ.
މިވީ 56 އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ ރާއްޖެއިން ބޭނުންވި ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޯށްދީ، ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވާ ޤައުމަށް ވެފައިކަމަށެވެ. މިސަބުތަކަށްޓަކައި އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެންމެ ހޮޔޮއެދޭ ޤައުމުގެ ގޮތުގައި ޝާހިދު ސިފަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނި އާ ހަރުަފަތަކަށް ދަތުރުކޮށްފައެވެ. ދެގައުމުގެ ފަރާތުން ކުރާ ޒިޔާރަތްތައް އިތުރުވުމަކީ އޭނާ ވިދާޅުވިގޮތުގައި އޭގެ އެއް ސަބަބެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ދެމުންއައި އެހީތެރިކަން އެތައް ގުނައެއް އިތުރުކޮށްފައި ވާކަމަށެވެ. އެގޮތުން މިހާތަނަށް 155 މިލިއަން ރުފިޔާ ނުވަތަ 10 މިލިއަން އެމެރިކާ ޑޮލަރަށް ހިލޭ އެހީގެ މިންވަރު އިތުރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަލަށް ސޮއިކުރި 8 މަޝްރޫޢާއެކު އިންޑިއާއިން ރާއްޖޭގައި ފަށްޓަވަނީ ތަރައްޤީގެ އިތުރު މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފޮރިންގ މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސަންޖޭ ސުދީރް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ