ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓުރުތު ސޯޝަލް" ލޯންޗް ކުރާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓުރުތު ސޯޝަލް" ލޯންޗް ކުރާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، އެމެރިކާގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ތުހުމަތުގައި، ދުނިޔޭގެ ބޮޑެތި ގިނަ ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ސަސްޕެންޑް ކުރިތާ 9 މަސްފަހުން، އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް" ލޯންޗު ކުރައްވާނެކަން ޓްރަމްޕް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

މިހަފްތާގެ ބުދަ ދުވަހު އާންމު ކުރި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ޓްރަމްޕް މީޑީއާ އެންޑް ޓެކްނޮލޮޖީ (TMTG)ގެ އިތުރުން "ޓްރުތު ސޯޝަލް" އެޕްލިކޭޝަން ނެރުއްވަން ޖެހިވަޑައިގަތީ، މިއަހަރުގެ ޖެނުއަރީމަހު، އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް ޓްރަމްޕްގެ ސަޕޯޓަރުން ދިން ހަމަލާތަކަށްފަހު، ޓުވިޓަރ އަދި ފޭސްބުކުއިންވެސް އޭނާ ސަސްޕެންޑް ކޮށްފައިވާތީ ކަމުގައެވެ.

"އަހަރެމެން ދިރިއުޅެމުން މިދަނީ، ޓުވިޓަރުގައި ތާލިބާން ޖަމާއަތަށް ނިސްބަޔްވާ މީހުން ގިނަ އަދަދަކަށް އުޅެމުންދާ ޒަމާނެއްގައި، އެހެންނަމަވެސް، ތިޔަ އެންމެ ބޭފުޅުންގެ އެންމެ މަގުބޫލު ރައީސް ވަނީ ޓުވިޓަރއިން ސަސްޕެންޑް ކޮށްފަ. މިއީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން،" ނޫސްބަޔާނަކާއެކު އާންމު ކޮށްފައިވާ ޓްރަމްޕްގެ ބަޔާނުގައި ވިދާޅު ވެފައި ވެއެވެ.

"އަހަރެންގެ ފުރަތަމަ ޓްރުތު، (TRUTH) ސޯޝަލް ޓްރޫތް (TRUTH Social) އިން ވަރަށް އަވަހަށް ފޮނުވުމަށް އަހަރެން މިހުރީ ކެތް މަދުވެފަ. ޓްރަމްޕް މީޑީއާ އެންޑް ޓެކްނޮލޮޖީ (TMTG) އުފަންވެގެން މިއައީ، ހުރިހާ އެންމެންނަށްވެސް ބަސްބުނުމުގެ ހައްގު ހޯދާ ދޭން. އަހަރެން މިހިރީ އަހަރެންގެ ހިޔާލުތައް ޓްރުތު ސޯޝަލް ގައި ހިއްސާ ކުރުމަށް ކެތް މަދުވެފައި، އަދި ބޮޑެތި ޓެކް ކުންފުނިތަކާ އަހަރެން ހަގުރާމަ ކުރާނަން،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް ނެޓްވާކް އަޖުމަ ބެލުމުގެ ގޮތުން އެންމެ ފުރަތަމަ ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވަނި އަންނަ ނޮވެމްބަރު މަހުއެވެ. އަދި މުޅި ނެޓްވާރކް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެންނަށްވެސް ބޭނުން ކުރަން ފެށޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *