އައްޑޫ މަރަދޫފޭދޫގައި ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން އެހެން ބުނީ، ކޯޓު އަމުރަކާ ނުލައި ފުލުހުން ގޮސް ކުޑަކުއްޖެއްގެ އަތުގައި ބިޑި އަޅުވައި އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމު ކުރުމުންނެވެ. އެ ވީޑިއޯ އާންމުކުރި މީހާ ސޯޝަލް މީޑިއާގައި ބުނީ، ފުލުހުން އެ ކުއްޖާ ދޫކޮށްލީ އަނިޔާކުރާ އަޑު އިވިގެން، އެ ސަރަހައްދަށް މީހުންް އެއްވުމުން ކަމަށެވެ. އެކަމަކު، ފުލުހުން އެ ކުއްޖާ އަށް އަނިޔާކުރާ ތަނެއް އެ ވީޑިއޯއަކުން ނުފެނެ އެވެ. ވީޑިއޯ އިން ފެންނަނީ ފުލުހުންނާއެކު އުމުރުން ގާތްގަނޑަކަށް 14 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ހުރި މަންޒަރެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފާށް އަމަލުކޮށްފައިވާ ކަަމަށް ތުހުމަތުކުރެވިއްނެޖަމަ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ފުލުހުންދެއެވެ.
ކުޑަކުއްކަޖަށް ފުލުހުން އަނިޔާކުރީ އެ ކުއްޖާ ދިރިއުޅޭ ގެއަށް ކޯޓު އަމުރަކާ ނުލައި ވަނުމަށްފަހު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މީގެ ކުރިން ވެސް ވަނީ އެކި މީސްމީހުންނަށް ފުލުހުން އަނިޔާކުރާ މައްސަލަ ފެންމަތިވެ، ބައެއް ފުލުހުންނަށް ފިޔަވަޅު އަޅައިފަ އެވެ.
ކޮމެންޓު ފޮނުވާ