މާލެއިން ވީނުވީއެއް ނޭގި ގެއްލިގެން 33 އަހަރުގެ އަންހެނެއް ހޯދަނީ

މާލެއިން ވީނުވީއެއް ނޭގި ގެއްލިގެން 33 އަހަރުގެ އަންހެނެއް ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 11:36
0

މާލެއިން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

އޭނާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ އޮކްޓޫބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުންކަމަށް ފުލުހުން ބުނެއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަމަ އދުވަހުގެ ރޭގަނޑު 22:45 ގައިކަމަށްވެސް ފުލުހުން ބުނެއެވެ. ޝިރުމީނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ފޮޓޮއާއެކު އޭނާ ހޯދުމަށް ޢާންމުންގެ އެހީއަށް އެދިފައެވެ. ފުލުހުން ބުނީ ޝިރުމީނާއާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއްވާނަމަ ލަސްނުކޮށް އެމަޢުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި އެމަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.