ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ 2018 ވަނަ އަހަރު ސިފައިން ފޮނުވައިގެން މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅު މަސްތުވާތެކެތީގެ މައްސަލަ ތަކުގައި މީހުން ދޫވާ މައްސަލައިގެ ބަހުސްގައި ރޮޒޭނާ ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރަކީ ކުރީގެ ޑިފެންސް މިނިސްޓަރަށް ހުންވައިގެން އޭރުގެ ސަރުކާރުން ހިންގަމުންދިޔަ ކަންކަން މަޖިލިސް ތެރެއިން ބެލުމަށް އެންމެ ބޮޑަށް ހުރަސް އެޅުއްވި މެމްބަރުކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން ސިފައިން ފޮނުވައިގެން ހުރަސް އަޅައި، ވަންނަން މަސައްކަތް ކުރެއްވި މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކަމުން ދިޔަ މައްސަލައަކީ ނުބަލައި ދޫކޮށްލެވޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މި އިއްޒަތްރެރި މެމްބަރު ޑިފެންސް މިނިސްޓަރަކަށް ހުންވައިގެން އަޅުގަނޑުމެންނަށް މަޖިލީހަށް ވަނަ ނުދީ، މި މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި ދުވަހުގެ ވާހަކަ ހަނދުމަފުޅު ކޮށްލެއްވީމާ ކީއްވެކަން އޭރުގެ ސަރުކާރުން ކުރި މިކަހަލަ ކަންތައްތައް ޒިންމާދާރު ކުރުވުމަށް މި މަޖިލީހުގެ ތެރޭގައި މަސައްކަތް ނުކުރެވުނީ އެނގޭނެ. އިއްޒަތްތެރި ރައީސް އަޅުގަނޑު މިއަދު ގޮވާލަން މިމައްސަލައަކީ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް.
– ރޮޒޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހަށް ވަންނަން މަސައްކަތް ކުރި މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އެއްލާލާފައިވަނީ މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ޑިފެންސް މިނިސްޓަރު ކަމުގައެވެ.
One Response
ދަތަދޮޅި މިނިސް ޓަރުންވެސް ގުދޯގުދޯ ގޮވާނެ އެހެންނު