ފަހު ވަގުތު އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ

ފަހު ވަގުތު އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު އާސެނަލުން ކާމިޔާބުކުރި ލަނޑާއެކު ކްރިސްޓަލް ޕެލަސް އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އޮބާމަޔަންއެވެ. އާސެނަލުން ލަނޑެއް ޖަހާ ލީޑު ނެގިފަހުން ކްރިސްޓަލް ޕެލަސް އިން ވަނީ ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އާސެނަލް ކޮޅަށް ލަނޑެއް ޖެހޭގޮތްވަނީ ނުވެފައެވެ.

ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭއެވެ. އަދި ކްރިސްޓަލް ޕެލަސްއަށް ލީޑު ނަގައިދިން ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އޮޑްސަން އެޑޮއާޑްއެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުުރު ވަގުތުގެ ތެރޭގައި އާސެނަލުން ވަނީ ލަނޑެއް ޖަހާ ބަލި ނުވެ ސަލާމަތްވެފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަލެކްސެންޑަ ލަކަޒޭޓްއެވެ.

މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ވަނީ ބަލިނުވެ 6 މެޗު ހަމަކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ހޯދި 11 ޕޮއިންޓާއެކު އާސެނަލް އޮތީ 12 ވަނައިގައެވެ. ކްރިސްޓަލް ޕެލަސް އޮތީ 6 މެޗުން ލިބުނު 8 ޕޮއިންޓާއެކު 14 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *