އަފްއާނިސްތާނުގައި އަންހެންކުދިންގެ ސްކޫލްތައް ބަންދުކުރިތާ އެއް މަސްފަހުން މަލާލާގެ ސިޓީއެއް ތާލިބާން ޖަމާއަތަށް

އަފްއާނިސްތާނުގައި އަންހެންކުދިންގެ ސްކޫލްތައް ބަންދުކުރިތާ އެއް މަސްފަހުން މަލާލާގެ ސިޓީއެއް ތާލިބާން ޖަމާއަތަށް

Author
ހުސެއިން
18 އޮކްޓޯބަރ 2021 06:25
0

ސްކޫލް ކިޔަވާ ކުއްޖެއްގެ ގޮތުގައި ޕާކިސްތާނުގައި ކިޔަވަމުން ދަނިކޮށް، ޕާކިސްތާން ތާލިބާން ހަގުރާމަވެރިން އޭނާގެ ބޮލަށް ބަޑިޖެހި، ފަހުން ނޯބުލް ސުލްހައިގެ އިނާމް ހާސިލްކޮށްފައިވާ، މަލާލާ ޔޫސަފްޒާއި، އަފްއާނިސްތާނުގައި އަންހެން ކުދިންގެ ސްކޫލުތައް ބަންދު ކުރިތާ އެއްމަސްފަހުން، އެގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތަށް ޚާއްސަ ސިޓީއެއް ފޮނުވައިފިއެވެ.

ފާއިތުވި އޮގަސްޓުމަހު، ތާލިބާން ޖަމާއަތުން އެގައުމުގެ ވެރިކަމަށް އައުމަށްފަހު އެޖަމާއަތުންވަނީ އަފްއާނިސްތާނުގެ ފިރިހެން ކުދިން ސެކަންޑްރީ ސްކޫލްތަކަށް ކިޔަވަން ދިއުން ހުއްދަކޮށް އެހެންނަމަވެސް، އަންހެންކުދިން ސެކަންޑްރީ ސްކޫލްތަކަށް ކިޔަވަން ދިއުން މަނާ ކޮށްފައެވެ.

ތާލިބާން ޖަމާއަތުން ބުނެފައިވަނީ، ސެކަންޑްރީ ސްކޫލްތަކަށް ކިޔަވަން ދިއުން އަންހެން ކުދިންނަށް ހުއްދަ ކުރެވޭނީ، ސްކޫލުތަކުގެ ރައްތެރިަކަން ޔަގީން ކުރެވި، އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ކިޔެވޭ އިންތިޒާމް ހަމަޖެހުމުން ކަމަށްވެ. އެހެންނަމަވެސް ގިނަބަޔަކު ތާލިބާނުންގެ މިވާހަކަތަކާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.

"ތާލިބާން މުވައްސަސާތަކުގައި އަހަރެން އެދެން.. އަންހެންކުދިން ކިޔަވަން ދިއުން މަނާކޮށްފައި އޮތް އޮތުން ބަދަލު ކޮށްދެއްވާ..އަދި މިހާރުން މިހާރަށް އަންހެންކުދިން ސެކަންޑްރީ ސްކޫލްތައް ހުޅުވައިދެއްވުން އެދެން،" އާދީއްތަ ދުވަހު އާންމު ކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީގައި އަފްއާނިސްތާންގެ އަަންހެނުންގެ ހައްގުތަކަށް ވާކާލާތު ކުރަމުންދާ އެކްޓިވިސްޓުންގެ އިތުރުން މަލާލާ ލިޔުއްވާފައި ވެއެވެ.

އަދި މީގެ އިތުރުން މަލާލާވަނީ، އަންހެންކުދިން ތައުލީމު ހާސިލް ކުރުމަކީ ދީނީގޮތުން ހުރަހެއް އޮތްކަމެއް ނޫންކަން ތާލިބާން ޖަމާއަތަށް ފަހުން ކޮށްދިނުމަށްވެސް، ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

"އަފްއާނިސްތާނަކީ، މިހާރު ދުނިޔޭގައި، އަންހެންކުދިން ތައުލީމުން މަހުރޫމް ކޮށްފައިވާ ހަމަ އެކަނި ގައުމު،" އަފްނިސްތާނުގެ ކުރީގެ ސަރުކާރުގައި އަފްއާނިސްތާނުގެ ހިއުމަންރައިޓްސް ކޮމިޝަންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޝަހާޒަދު އަކުބަރުވެސް ހިމެނޭގޮތުން، މިސިޓީ ލިޔެފައިވާ ފަރާތްތަކުން ސިޓީގައި ބުނެފައި ވެއެވެ.

މިސިޓީ ލިޔެފައިވާ އެކްޓިވިސްޓުން ވަނީ، ޖީ20ގެ ލީޑަރުންނަށް، އަފްއާނިސްތާނުގެ ކުޑަކުދިންގެ ތައުލީމީ ޕްލޭންއަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ވަރަށް އަވަހަށް ފޯރުކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ.

މިސިޓީއާއެކުވާ ޕެޓިޝަންގައި މިހަފްތާގެ ހޯމަދުވަހުގެ ނިޔަލަށްވަނީ 640،000 މީހުން ސޮއި ކޮށްފައެވެ.

އެޑިއުކޭޝަން އެކްޓިވިސްޓެއް ކަމުގައިވާ މަލާލާ ޔޫސަފްޒާއިގެ ބޮލަށް، ތާލިބާންގެ ގޮތްޕެއް ކަމުގައިވާ، ޕާކިސްތާންގެ ތަހްރީކޭ ތާލިބާންއިން ބަޑި ޖަހާފައިވަނީ، އޭނާގެ އަވަށް ކަމުގައިވާ ސްވާޓް ވެލީގައި، ބަހުގައި ސްކޫލަށް ދަނިކޮށް 2012 ވަނަ އަހަރުއެވެ.

މިހާރު އުމުރުން 24 އަހަރުގެ މަލާ އުފައްދާފައިވާ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއިން އަންހެންކުދިންގެ ތަޢުލީމަށް އަފްއާނިސްތާނުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިޖަމިއްޔާއިން މިހާތަނަށް އަފްއާނިސްތާނުގައިވަނީ 2 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.