ވެލެންސިއާ ބަލިކޮށް ބާސާއަށް ހިންހަމަ ޖެހުމެއް

ވެލެންސިއާ ބަލިކޮށް ބާސާއަށް ހިންހަމަ ޖެހުމެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާގެ މައްޗަށް ވެެލެންސިއާއިން ކުރި ހޯދައިފިއެވެ.

ބާސެލޯނާގެ ފަރާތުން މޮޅުކުޅެމެއް ފެނުނު މިމެޗުގައި، އެޓީމުގެ ފަޓީއާއި، ޑެޕާއީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެތީ ވެލެންސިއާ އިންނެވެ. މިލަނޑު މެޗުގެ 5 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ކެޕްޓަން ގަޔާއެވެ.

ލަނޑަށްޑަށްފަހު ބާސެލޯނާއިން ވަނީ ގިނަ ހަމަލާތަކެއް ވެލެންސިއާގެ ގޯލަށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އޭގެ 8 މިނިޓް ފަހުން މެޗުގެ 13 ވަނަ މިނިޓްގައި ފަޓީ ވަނީ ރީތި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިގޯލަކީ އޭރިޔާ ތެރެއިން ފަޓީއަށް ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ޑެޕާއީ ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގައި ސާޖިއޯ އަގުއެރޯއާއި، ކުޓީނިއޯ ވަނީ ފަހު ހާފުގައި ކުޅެން ނިކުމެފައެވެ. މެޗުން ބާސެލޯނާގެ ލީޑު ފުޅާކޮށްދިން ގޯލު 85 ވަނަ މިނިޓްގައި ކާމިޔާބް ކުރީ ކުޓީނިއޯއެވެ.

މިމޮޅާއިއެކު ބާސެލޯނާ ވަނީ 15 ޕޮއިންޓާއިއެކު ތާވަލްގެ 7 ވަނަ އަށް ޖެހިފައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ 12 ޕޮއިންޓާއިއެކު 9 ވަނާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *