އދ.ދަނގެތީގައި އަނިޔާވެރިކަމާއެކު މަރާލާފައި އޮތްވައި ފެނުނު މަޙުމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ލައްވައި މަންޒަރު ކުޅުވުމަށްފަހު އޭނާ އދ.މަހިބަދޫއަށް ގެންގޮސްފިއެވެ.
މަހިބަދޫއަށް އޭނާ ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. މިބިދޭސީ މީހާއަކީ ދަނގެތީގައި މަސައްކަތް ކުރަމުންދާ ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. މިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ރޭ ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެއެވެ. މަހުމޫދު ލައްވައި މިއަދު ވަނީ އެނާ މިކަމުގައި ހަރަކާތްތެރިވި ގޮތާއި އަމަލުކޮށްފައިވާ ގޮތްވެސް ކުޅުވާފައެވެ.
މަޙުމޫދު މަރާލާފަ އޮއްވައި ފެނިފަވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އޮތީ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން މީހުން ބުނެއެވެ. އަދި އިތުރު ތަޙުލީލުތަކަށް މަޙުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އަނބުރާ ރަށަށްގެންގޮސް ހަށިގަނޑު ހުކުރު ދުވަހުގެ ހަވީރުއެވެ.
މަޙުމޫދުގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ބުދަދުވަހުގެ ރެއެވެ. އެހެންކަމުން ބެލެވެނީ އޭނާއަށް ޙަމަލާދީ މަރާލާފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.