ޖައިޝަންކަރު އިސްރާއީލަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

ގުޅުން ބަދަހި ކުރުމަށް، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައިޝަންކަރު އިސްރާއީލަށް ވަޑައިގެންފި

ގުޅުން ބަދަހި ކުރުމަށް، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައިޝަންކަރު އިސްރާއީލަށް ވަޑައިގެންފި

އިސްރާއީލާއެކީ އޮތް ސްޓްރަޓީޖިކް ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައި ޝަންކަރު 5 ދުވަހު ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގެންފިއެވެ.

އޭނާގެ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދެފަރާތުގެ ދެމެދުގައި އޮތް ސްޓްރަޓީޖިކް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަގުޗާޓެއް އެކުލަވާލުމުގެ އިތުރުން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރާނޭ ގޮތްތަކާ ގުޅޭގޮތުންވެސް އިސްރާއީލުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެއެވެ.

މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރެއްގެ ހައިސިއްޔަތުން ޖައިޝަންކަރު އިސްރާއީލަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ޖައިޝަންކަރުގައި އިސްރާއީލުގެ ރައީސް އައިސާކް ހާޒިގްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާއި ފޮރިންގ މިނިސްޓަރ ޔައިރު ލަޕިޑްއާއިވެސް ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ޖައިޝަންކަރު އިސްރާއީލުގެ އެކި ކަންކޮޅުތަކުން ފަންނީ ފަރާތްތަކުގެ އިތުރުން އިސްރާއީލު ވިޔަފާރި ކޮމިނިޓީއާއި އަދި އިސްރާއީލުގައި ތިބި އިންޑިއަން ޖެވިޝް ކޮމިއިނިޓީއާވެސް ބައްދަލު ކުރައްވާ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުންވެސް، އިންޑިއާއި މި ސަރަހައްދުގެ ތަރައްގީގައި އަދާ ކޮށްފައިވާ ދައުރުގެ މުހިންމުކަން ތަމްސީލުކުރުމުގެ ގޮތުން، މިދަތުރުފުޅުގައި ޖައިޝަންކަރު އިންޑިއާއި ގުޅުންހުރި މުހިން ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއި އިސްރާއީލާ ދެމެދުގެ އޮތް ގުޅުން ސްޓްރަޓީޖިކް ގިންތިއަށް އުފުލިގެން ގޮސްފައިވަނީ، 2007 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅަށްފަހު އެވެ.

މި ދަތުރުފުޅަށްފަހު މިދެގައުމުންވަނީ އާ އުފެއްދުތަކާއި އިޖާތުތަކާއި ގުޅުންހުރި ޓެކްނޮލޮޖީގެ މައުލޫމާތު ބަދަލުކުރުމުގެ ގޮތުން ގުޅުން ބަދަހި ކުރުމަށް އެއްބަސް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *