އިރާނުގެ ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ޖަލަށްލާން ހުކުމް ކޮށްފި

އިރާނުގެ ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ޖަލަށްލާން ހުކުމް ކޮށްފި

Author
ހުސެއިން
17 އޮކްޓޯބަރ 2021 03:40
0

އެމެރިކާއިން އިރާނާއި ދެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް، އިރާނުގެ އިގްތިސާދަށް ކުރިމަތިވަފައިވާ ބޭރު ފައިސާގެ މައްސަލަ މެނޭޖު ކުރުމުގައި، ގާނޫނާއި ޚިލާފް އުސޫލުތައް ގެންގުޅެފައިވާ ކަމުގައި ކުށުގައި، އިރާނުގެ ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާގެ އިތުރުން ސެންޓްރަލް ބޭންކުގެ ކުރީގެ ގިނަ އަދަދެއްގެ އޮފިޝަލުން ޖަލަށްލާން އިރާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އިރާނު ޖުޑީޝަރީގެ ތަރުޖަމާން ޒަބީހުﷲ ޚޮދެއިއާން ގައުމީ ޓީވީގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި، 2018 ވަނަ އަހަރު އޭނާ މަގާމުން ވަކި ކުރަންދެން، 5 އަހަރުވަންދެން، އިގްތިސާދީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެފައިވާ ސެންޓްރަލް ބޭންކުގެ އިސް ވެރިއެއްގެ ގޮތުން މަސައްކަތް ކޮށްފައިވާ ވަލިއުﷲ ސައިފް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 10 އަހަރަށް ކަމަށެވެ.

ގާނޫނާއި ޚިލާފަށް ބޭރު ފައިސާ ސްމަގްލް ކުރުމުގެ ތުހުމަތުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު، ސައިފްވަނީ، އޭނާ ސެންޓްރަލް ބޭންކުން ވަކި ކުރުމާއެކު، އޭރުގެ އިރާނުގެ ރައީސް ހަސަން ރޫހާނީގެ ބޭންކިންގ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަން ކުރެވިފައެވެ.

މިއަހަރުގެ މޭމަހު ތެހެރާންގެ ޕްރޮސެކިއުޓަރ ވިދާޅުވެފައިވަނީ، ސައިފްއާއި ދެކޮޅަށް ރަސްމީކޮށް ދައުވާ އުފުލިފައިވާ ކަމަށާއި، އަދި އޭނާގެ މަސަލަ ބެލުމަށް ހަމަޖެހިފައިވަނީ، މާލީ ކަންކަމާބެހޭ ކުށްތައް ބެލުމަށް އެކުލަވާލާފައިވާ ޚާއްސަ ކޯޓެއްގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް އޭރު ތުހުމަތު ކުރެވިގެން ދިޔައީ، އިރާނުގެ ރަނުގެ ރިޒާވްއިން 30 ބިލިއަނާއި 60 ބިލިއަން ޓަނާއި ދެމެދުގެ އަދެއް ބޭކާރުގޮތުގައި ހޭދަ ކުރުމުގެ ކުށެވެ.

ސައިފްގެ ބަދަލުގައި އިރާނުގެ ސެންޓްރަލް ބޭންކަށް އައްޔަން ކުރެވުނީ، ފަންނީ ތަޖުރިބާކާރެއް ކަމުގައިވާ އަބުދުއްނާސިރު ހެމަތީއެވެ. އެހެންނަމަވެސް، އޭނާ ފާއިތުވެދިޔަ މޭމަހު، އިރާނުގެ މިހާރުގެ ރައީސް އިބްރާހިމް ރައީސީއާއި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރުމާއެކު، އޭރުގެ އިރާނުގެ ރައީސް ރޫހާނީ ވަނީ އޭނާ މަގާމުން ދުރު ކޮށްފައެވެ.

2018ވަނަ އަހަރު އޭނާ ހައްޔަރު ކުރުމާހަމަޔަށް، އިރާނުގެ ސެންޓްރަލް ބޭންކުގެ ކަރަންސީ އެފެއާޒްގެ ނާއިބުގެ މަގާމުގައި ހުންނެވި، އިރާނުގެ ކުރީގެ އިސް ނިއުކުލިއަަރ ނެގޯޝިއޭޓަރއަށް ބޮޑެބޭބެ ކިޔާ މީހެއް ކަމުގައިވާ އަހުމަދު އަރާޗީއަށްވެސް ހޮނިހިރުދުވަހު ވަނީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.