އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަރ ސިޓީން ގަދަފަދަ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑު ކުުޅުނު މެޗުން އެ ޓީމު ބަލިވީ ލެސްޓާ ސިޓީ އަތުން 4-2 ގެ ނަތީޖާއަކުންނެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ހޯދި މޮޅާއެކު ރަށުންބޭރުގައި ޔުނައިޓެޑުން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. ރަށުންބޭރުގައި ޔުނައިޓެޑު ކުޅުނު 29 މެޗުން ބަލިވެފައެއް ނުވެއެވެ. މިއީ އެ ރެކޯޑަށް ނިމުން އައި މެޗެވެ.
މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ޖެހީ މޭސަން ގްރީންވުޑް، މާކަސް ރަޝްފޯޑްއެވެ. ލެސްޓާ ސިޓީއަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޔޫރީ ޓިއެލްސްމަން، ކަގްލާ، ޖޭމީ ވާޑީ، އަދި ޕެޓްސަން ޑާކާއެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން 14 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކުރި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.
ކޮމެންޓު ފޮނުވާ