ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލް ޣަފޫރުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑިޝަންލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
މެޖިސްޓްރޭޓް ޢަފޫރާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލާފައިވަނީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.
ޖޭއެސްސީން މިމައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
ފައްތާހުގެ ސުލޫކީ މައްސަލަަ ބަލަން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ