ސާފް ޗެންޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޗެތުރީއަށް

ސާފް ޗެންޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޗެތުރީއަށް

ގުޅުންހުރި

މިރޭ ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސުނިލް ޗެތުރީ ކާމިޔާބު ކޮށްފިއެވެ.

ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެތުރީ ހާސިލްކުރީ މުބާރާތުގައި މޮޅަށް ކުޅެ، 5 ގޯލް ޖަހައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފާއިވެސް އެކުގައެވެ. ޗެތުރީވަނީ މުބާރާތުގައި މޮޅުކުޅުމެއް ދައްކާފައެވެ.

އުމުރުން މިހާރު 37 އަހަރު ވިޔަސް ޗެތުރީގެ ފިޒިކަލް ފިޓްނަސް އިންޓަނޭޝަނަލް ފުޓްބޯޅަ އަށް ތަންދެއެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް ކުރިން ކުރާ މަސައްކަތްތަކަށް ވުރެ ބުރަ މަސައްކަތެއް އޭނާގެ ފިޓްނަސް ހިފެހެއްޓުމަށް ޗެތުރީ މިހާރު ކުރެއެވެ.

ޗެތުރީ އަކީ އެކްޓިވް ކުޅުންތެރިންގެ ތެރެއިން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެ ލިސްޓްގައި ޗެތުރީ އޮތީ ދުނިޔޭގެ ދެ ވަނައިގައެވެ. އޭނާ އަށް ވުރެ ކުރީގައި އޮތީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޗެތުރީ ވަނީ ގައުމީ ޓީމަށް 75 ލަނޑު ޖަހައިފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ ނުކުންނައިރު ޗެމްޕިއަންކަން ހޯދާ ވާހަކައެއް އެ ޓީމުން ނުދައްކައެވެ. އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ދައްކަނީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށް މި މެޗުތައް ބޭނުން ކުރާ ވާހަކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ