ކަނޑަށް ގެއްލުނު ތުއްުތު ކުއްޖާ ހޯދުމަށް، އެސަރަހައްދުން ދަތުރުކުރާ އުޅަދުތަކާއި، ކައިރި ރަށްތަކުގެ އެހީއަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.
މިއަދު މާލެއިން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން މިކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާ ފަރާތުން ދަނީ ކުރަމުންނެވެ.
އެމްއެމްޑީއެފްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭކަމަށެވެ. މިކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާކަމަށާއި، މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ 17:10ގައިކަމަށެވެ.
ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރު އެސަރަހައްދުގައި ދަނީ މި ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ.
މިކުއްޖާ އާއިބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މިހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ