ދަނގެތީގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: މިހާރު 

މަހުމޫދުގެ މަރާއި ގުޅިގެން ބިދޭސީއެއް އުޅޭ ގެއެއް ބަލައި ފާސްކުރަނީ

މަހުމޫދުގެ މަރާއި ގުޅިގެން ބިދޭސީއެއް އުޅޭ ގެއެއް ބަލައި ފާސްކުރަނީ

ގުޅުންހުރި

މިދިޔަ ބުދަ ދުވަހުގެރޭ އަނިޔާވެރި ގޮތަށް މަރާލައި އެއްލާލާފައި އޮއްވާ ފެނުނު، އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން އެރަށުގައި ބިދޭސީއަކު އުޅޭ ގެއް ފުލުހުން ބަލައި ފާސް ކުރަން ފަށައިފިއެވެ.

މަރުގެ ތަހުގީގް ކުރުމަށް ދަނގެތީގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ހުއްޓުމެއްނެތި މިތަހުގީގު ކުރިއަށް ގެންދަމުންނެވެ. ތަހްގީގު ކުރާ ފުލުހުންނާއި ފޮރެންސިކް ފުލުހުން ވެސް ވަނީ އެގެއަށް ވަދެފައެވެ. ފުލުހުން ވަދެފައިވާ ގެ ހިމެނޭ ސަރަހައްދު ވެސް މިހާރު އޮތީ ބަންދުކޮށްފައެވެ. މިގެ ހުންނަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައެވެ.

ބަންގްލަދޭޝްގެ އެ މީހާއަކީ އެގޭގައި، އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.

މަޙުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2 ފިރިހެނުންނާ އަންހެނެކެވެ. މި 3 މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގައެވެ. ނަމަވެސް މިމީހުންނާއި މިމަރާއި ގުޅުން އޮތީ ކިހާ ވަރަކަށް ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މިހާތަނަށް ފުލުހުން އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައި ނުވިނަމަވެސް، ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދު މަރާލިކަމަށް ބެލެވެނީ ފައިސާގެ ބޭނުމުގަކަމަށެވެ. އެގޮތުން އޭނާއަކީ ރަށުގައި ގޭހާއި ކާޑުގެ ވިޔަފާރިކުރުމާއި، ޑައިވިންގ 2 ދޯންޏާއި އަދި ކެފޭއެއްވެސް ހިންގާ މީހެކެވެ. ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދަކީ ރަށުގެ ރައްޔިތުންނާ ގުޅޭ، ހިތްހެޔޮ އެކުވެރިއެއްކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލަޖެހި، ފައިސާގެ މައްސަލައެއްގައިވެސް އުޅޭ މީހުން ނޫންކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ.

މަޙުމޫދު އެންމެ ފަހުން ފެނުނުކަމަށް ބުނަނީ ބުދަ ދުވަހުގެ ރޭ، ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިއާ ކުޅުނު މެޗު ބެލުމަށްފަހު އޭނާ ހިންގާ ކެފޭއިން ނިކުމެގެން ދަނިކޮށެވެ. އޭނާގެ ހިލަމެއް ނުވެގެން ހޯދަންފެށީ ބުރާސްފަތިދުވަހުގެ ހެނދުނު، އޭނާ ގެއަށް ސައިބޯން ނައުމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ