މިރޭގެ ފައިނަލްގައި ދެކޯޗުންނަށްވެސް ބެންޗަކު ނުތިބެވޭނެ

މިރޭގެ ފައިނަލްގައި ދެކޯޗުންނަށްވެސް ބެންޗަކު ނުތިބެވޭނެ

ގުޅުންހުރި

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި މިރޭ އިންޑިއާއާއި، ނޭޕާލް ބައްދަލުކުރާ މެޗުގައި ދެޓީމުގެ ކޯޗުންނަށްވެސް ބެންޗުގައި ނުތިބެވޭނެއެވެ.

ދެކޯޗުންގެ ތެރެއިން ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީގެ ފަހު މެޗު ނަމަވެސް އޭނާ އަށް ޓީމަށް އިރުޝާދުދޭން ބެންޗުގައި ހުރުމުގެ ނަސީބު ގެއްލިފައިވަނީ ދެކާޑު ހަމަވުމުގެ ސަބަބުންނެވެ. އިންޑިއާގެ ކޯޗަށް ބެންޗުގައި ނީދެވެނީ އެންމެފަހުން ކުޅު ރާއްޖެ މެޗުގައި ދެ ރީދޫ ކާޑާއިއެކު ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލުމުންނެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗަށް ސަސްޕެންޑުކުރުމުން ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ، މުބާރާތް އިންތިޒާމުކުރާ "ސާފް" ގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް އަށް ހުށައަޅަން ނިންމައިފައިވާކަމަށެވެ. ނޭޕާލްގެ ތާރީހުގައި އެ ޓީމު ފުރަތަަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަަލަށް ގެންގޮސްދިނުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ވަނީ ފައިނަލް މެޗަށް ފަހު ނޭޕާލް ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00 ގައެވެ. މިއީ ނޭޕާލްގެ ތާރީހުގައި އެ ގައުމު ސާފްގެ ފައިނަލަށ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން އެ ޓީމަށް އެންމެ ދުރަށް ދެވުނީ މުބާރާތުގެ ސެމީފައިނަލާއި ހަމަޔަށެވެ. މިއީ ހަތް ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ބެންޗުގައި ކޯޗުން ނެތި ކުރިއަށްދާއިރު، ގްރޫޕް މެޗުގައި އިންޑިއާއާއި، ނޭޕާލް ބައްދަލު ކުރި މެޗަށްފަހުވެސް ދެކޯޗުންވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ