އުތުރުގެ ރަށެއްގައި އާއިލާ މީހެއްގެ ފަރާތުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެެެވެ.
ފުލުހުން ބުނެފައިވަނީ ނޯތު ޕޮލިސް ޑިވިޒަން (ނ،ރ،ބ،ޅ) ގައި ހިމެނޭ ރަށެއްހައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެރޭ ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ފުލުހުންގެ މުވައްސަސާއިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށްވުމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ