މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށާއި، މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށް ޟާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައެވެ.
މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި، ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށާއި، މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށާއި،މިގޮތުން ވަޒީފާ ދޭއިރު،ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ.
13.10.21 ގައި ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި،ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށާއި،މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށާއި،މިގޮތުން ވަޒީފާ ދޭއިރު،ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވަނީ ކައުންސިލްއިން ނިންމާފައި.
— Dr Mohamed Muizzu (@MMuizzu) October 14, 2021
ޑރ.މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، މާލެ ސިޓީގެ ތަންތަން ބަލަހައްޓާ މަރާމާތު ކުރުމަށް ގިނަ ޢަދަދެއްގެ ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވެއެވެ.
ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން އައްޔަންކުރުމަކީ ޑރ.މުޢިއްޒުގެ ވަޢުދެކެވެ.
ރާއްޖޭގައި ދިވެހިން އަދާކުރެވޭ ވަޒީފާތަކުގައި ތިބި ބިދޭސީންގެ ބަދަލުގައި އެ ވަޒީފާތަކަށް ދިވެހިން ނެގުމުގެ މަސައްކަތް ސަރުކާރުންވެސް އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު ދަށްކުރުމެވެ.
One Response
މިހާތަނައް ނިންމުނު އެންމެ ރަންގަޅު ނިންމުން ތިނިންމުމައް މަރުހަބާކިޔަން ތީނަމޫނާއެއްކަމަދެކި އެހެން ކުންފުނިތަކުންވެސް ތިގޮތައް އަމަލު ކުރާނެކަމައް އުންމީދު ކުރަން