ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ ތަހުލީލްލަސް ލަސްވާތީ އިދިކޮޅުން އަނެއްކާވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ބައްދަލުކޮށްފިއެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމާއި ގުޅޭގޮތުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި 3 ފަނޑިޔާރަކު ވާހަކަދައްކާކަމަށްބުނާ އޯޑިއޯތަކެއް ވަނީ ލީކްވެފައެވެ. މި މައްސަލާގައ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ އޯޑިއޯތައް ތަހުލީލްކުރުމަށް ޕޮލިހުގައި އެދިފައެވެ. މީގެ ކުރިންވެސް ސީޕީ ހަމީދާއި ބައްދަލުކޮށްފައިވާއިރު، މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ފަނޑިޔާރުންގެ އަޑުކަމަށް ބުނާ އޯޑިއޯ ތަކުގެ ތަހުޤީގު ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް މިއަދު ފުލުހުންގެ އިސް ބޭފުޅުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. ބޭރުގެ ބައެއްލައްވައި އޯޑިއޯ އެނަލިސިސް 10 ދުވަސްތެރޭ ހެދޭނެ ކަމަށް ފުލުހުން ލަފާކުރައްވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ 10ދުވަސްފަހުން އަނެއްކާވެސް އިދިކޮޅުން ޕޮލިހަށް ދާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ފަޑިޔާރުންގެ އަޑުކަމަށް ބުނާ އޯޑިއޯ ތަކުގެ ތަހުޤީގު ލަސްވަމުންދާތީ،އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް މިއަދު ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.ބޭރުގެ ބައެއްލައްވައި އޯޑިއޯ އެނަލިސިސް 10 ދުވަސްތެރޭ ހެދޭނެ ކަމަށް ފުލުހުން ލަފާކުރޭ!10ދުވަސްފަހުން އަޅުގަނޑުމެން ދާނަން. pic.twitter.com/HVTmym6DPj
— Ibrahim Shujau (@IbrahimShujaau) October 14, 2021
ޝުޖާޢު ވިދާޅުވީ، ކޮންމެ ލަސްވުމަކީ ރައީސް ޔާމިނަށް ދެވޭ އަނިޔާއެއްކަމަށެވެ. ވަރަށް ގާތުން އޯޑިއޯ ތަހުގީގު އިދިކޮޅުން ބަލަމުންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.