ރާއްޖޭގެ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އެމްއެންޕީއާއި ގުޅިވަޑައިގެންފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާނުނީ ދާއިރާގައި މިހާރު އަމިއްލަގޮތުން މަސައްކަތް ކުރައްވަމުންގެދަވާ، އެދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އައްބާސް ޝަރީފް އެމްއެންޕީއާއި ގުޅިވަޑައި ގަތުމަށްފަހު، އެޕާޓީގެ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރެއްގައި ގޮތުގައިވަނީ ހަމަޖައްސަވާފައެވެ.
މީގެ 6 އަހަރުކުރިން އައްބާސް ޝަރީފް ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވާއިރު، އޭނާ މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައިވަނީ، ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް އޮފީހުގައެއެވެ. އަދި އޭރު އާ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އޭރުގެ ސަރުކާރުގެ ފަރާތުން އޭނާ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އޭގެ އިތުރުން 2018ގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށްބުނެ ރައީސް ޔާމިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށެޅުއްވި ދުސްތޫރީ މައްސަލާގައިވެސް އެނާވަނީ ރައީސް ޔާމިން ތަމްސީލުރާ ލޯޔަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އައްބާސް ޝަރީފަކީ ދިވެހިރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ވަކާލާތު ކުރުމުގެ ހުއްދަ އޮތް، ގާނޫނީގޮތުން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ގާނޫނީ ވަކީލެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ